މިއަހަރުގެ ފައިނޭންސް ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.
ފައިނޭންސް ފޯރަމް އިންތިޒާމުކުރާ ފެންޝަން އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފައެވެ.
މިއަހަރުގެ ފައިނޭންސް ފޯރަމްގެ މެއިން ސްޕޮންސަރަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އަދި ކޯ ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕެންޝަން އޮފީހުން ކުރިއަށްގެންދާ ފޯރަމެކެވެ.
މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. މިއަހަރުގެ ފޯރަމް ހާއްސަކޮށްފައިވަނީ ފިންޓެކް އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށެވެ.