ޚަބަރު

މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައި ޑްރައިވަރު މަރުވެއްޖެ

ނ. މާފަރު އެއާޕޯޓްގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި ޑްރައިވަރު މަރުވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެކްސްކަވޭޓަރު ފުރޮޅާލި ހާދިސާގައި އަނިޔާވި މީހާ މާފަރު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މިއަދު 9:27 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވީ އެކްސްކަވޭޓަރުގެ ޑްރައިވަރު، އުމުރުން 35 އަހަރުގެ އިންޑިއާ މީހެކެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.