ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވެ، ޒަހަމްވުމުގެ ސަބަބުން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން "ވަން" އަށް ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 12:30 އެހާކަންހާއިރު ކަމަށެވެ.
ސައުދު އެކްސިޑެންޓްވެފައިވަނީ ސައިކަލުގައި ހައިވޭއިން ހުޅުމާލެއިން މާލެއަށް އަންނަނިކޮށް ޕިކަޕެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓް ގައި ސައިކަލްގައި އިންނެވި އެމްޕީ ސައުދު ހުސެއިންއަށް އަނިޔާވެގެން އޭޑީކޭގައި ދަނީ ފަރުވާދެމުން" ފުލުހުން ބުންޏެވެ.
ސައުދުއަށް ލިބުނު އަނިޔާގެ ތަފުސީލު ފުލުހުން ނުބުނެއެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު