ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޅ. ކުރެންދޫ/ ހުދުފަޅު، އަބްދުއްނާފިއު އިބްރާހިމް (17އ) އެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން މިރޭ ބުނީ އަބްދުއްނާފިއު ހޯދަން އިއުލާން ކުރުމުން، މިރޭ އެކުއްޖާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.