Close
ދުނިޔެ

އެންމެ ހީވާގި މީހުން ގިނައީ މޯލްޓާގައި، ދިވެހިންނަށް ލިބެނީ 8 ވަނަ!

1

އެންމެ ގިނަބަޔަކު އެންމެ ގިނައިރު އެންމެ ހީވާގިކޮށް މަސައްކަތްކުރުމުގެ ސަގާފަތެއް އޮތް ގައުމަކީ މޯލްޓާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އަމިއްލަ ޖަމާއަތެއްކަމަށްވާ ބިޒިނަސް ނޭމް ޖެނެރޭޓަރގެ ފަރާތުން އެކި ގައުމުތަކުގެ ތަފާސްހިސާބުތައް ދިރާސާކޮށްގެން ނެރުނު ރިޕޯޓެއްގައި މޯލްޓާއަށް އެއްވަނަ ލިބެނީ ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 91.1 އިންސައްތަ މީހުން ހަފުތާއަކު އެވަރެޖްކޮށް 42.8 ގަޑިއިރު މަސައްކަތުގައި ދެމިތިބޭކަމަށް ފެންނާތީއެވެ.

ލިސްޓުގެ ދެވަނަ ލިބެނީ ދެކުނު އޭޝިޔާގެ ގައުމެއް ކަމަށްވާ ބޫޓާނަށެވެ. ބޫޓާނުގައި ވަޒީފާއަދާކުރާ މީހުންގެ ތެރެއިން 53.9 އިންސައްތަ މީހުން ހަފުތާއަކު އެވަރެޖްކޮށް 50.7 ގަޑިއިރު މަސައްކަތުގައި ހޭދަކުރާކަމަށް މި ދިރާސާއިން ދައްކައެވެ. މަސައްކަތްކުރާ މީހުންގެ ތެރެއިން 46.5 އިންސައްތަ މީހުން ހަފުތާއަކު އެވަރެޖްކޮށް 52.6 ގަޑިއިރު މަސައްކަތުގައި މަޝްއޫލުވާކަމުގެ ރިކޯޑާއެކު ލިސްޓުގެ ތިންވަނަ ލިބެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ފިޔަވައި ޓޮޕް ފަނަރައިގެ ތެރޭގައި ހިމެނެނީ މުޅިންވެސް ފަގީރުކަމުގެ ގިންތީގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. އެމިރޭޓްސްގެ ފަހަތުން ބަންގްލަދޭޝާއި ކޮންގޯ، އަދި މޮރިޓޭނިޔާ އާއި ލެސޯތޯގެ ނަން އައިސްފައި ލިސްޓުގެ އަށްވަނައިގައި އޮތީ ދިވެހިރާއްޖޭގެ ނަމެވެ. ދިވެހިރާއްޖެއިން ލިބެންހުރި ތަފާސްހިސާބުތަކުން އެނގޭކަމަށް މި ރިޕޯޓު ބުނަނީ ރާއްޖޭގައި ވަޒީފާއަދާކުރާ މީހުންގެ ތެރެއިން ސާޅީސްހަތަރު އިންސައްތަ ހަފުތާއަކު އެވަރެޖްކޮށް 46.2 ގަޑިއިރު މަސައްކަތުގައި މަޝްއޫލުވާ ކަމުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟