މުނިފޫހިފިލުވުން

ކާތިކް ކިޔާރާގެ ފިލްމު "ސަތިޔާ ޕްރޭމް ކި ކަތާ" ގެ ޓީޒާ ރިލީސްކޮށްފި

ބޫލް ބުލައްޔާ ދެއަކަށްފަހު ބަތަލު ކާތިކް އާރްޔަން އަދި ކިޔާރާ އަދްވާނީ އެކީ ފެނިގެންދާނެ ފިލްމު "ސަތިޔާ ޕްރޭމް ކި ކަތާ"ގެ ޓީޒާ ރިލީސްކޮށްފިއެވެ.

29 ޖޫންގައި ރިލީސްކުރަން ހަމަޖައްސާފައިވާ މި ފިލްމުގެ ޓީޒާއިން ފެނިގެން ދަނީ ބޭރުގައުމުތަކެއްގެ މަންޒަރުތަކެކެވެ. ޓީޒާއިން އިވިގެން ދަނީ ކާތިކް ކިއާރާ ދެކެ ވާ ލޯބި ބަޔާންކޮށްދޭ އަޑުތަކެވެ. ފެނިގެންދަނީ ދެތަރިންގެންގެ ޖާދޫވީ ހަރަކާތްތަކެވެ.

މި ފިލްމަކީ މިއުޒިކަލް ލަވްސްޓޯރީ އަކަށް ވާނެ ކަމަށް އަޑުފެތުރިފައިވާއިރު ޓީޒާއިންވެސް ލޯބީގެ ރީތި ލަވައެއްވެސް އިވިގެންދެއެވެ.

މިއީ ސިދާތު މަލޯތުރާއާ ކައިވެނި ކުރުމަށްފަހު ކިއާރާގެ ރިލީސްވާ ފުރަތަމަ ފިލްމެވެ. ކާތިކް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ފިލްމު "ޝެހެޒާދާ" އިންނެވެ. ސަތިޔާ ޕްރޭމް ކި ކަތާ ޑައިރެކްޓްކޮށްފައި ވަނީ ސަމީރު ވިދްވަންސްއެވެ.