Close
މުނިފޫހިފިލުވުން

އަތްދަބަސް ހުސްކޮށްހުރުމުން އަމާޒުވި ފާޑުކިޔުންތަކަށް އާލިޔާ ރައްދުދީފި

ސޯލް، ސައުތު ކޮރެއާގައި އޮތް ފެޝަން އިވެންޓެއްގައި ބަތަލާ އާލިޔާ ބަޓް ގެންގުޅުނު ޓްރާސްޕްޕޭރަންޓް އަތް ދަބަހަށް ފާޑުކިޔުން އަމާޒުވުމުން އޭނާ އެކަމަށް ރައްދުދީފި އެވެ.

އެ އިވެންޓުތުގައި އާލިޔާ ބައިވެރިވީ ލަގްޒަރީ ބްރޭންޑް ގޫޗީގެ ގްލޯބަލް އެމްބެސެޑަރުގެ ހައިސިއްޔަތުންނެވެ. އޭނާ ލައިގެން ހުރި ހެދުމަށް ޕޮޒިޓިވް ކޮމެންޓްސް ލިބިފައިވާއިރު ޓްރާންސްޕޭރަންޓް އަތްދަބަހެއް ހުސްކޮށް އޮތުމުން މީސްމީޑިއާގައި ގިނަބަޔަކު ވަނީ އޭނާއާ ދިމާކޮށްފައެވެ. އެކަމަށް ރައްދުދެމުން އާލިޔާ އަމިއްލަ އިންސްޓަގްރާމުގައި ފޮޓޯ ހިއްސާކުރުމަށްފަހު ކެޕްޝަނުގައި ބުނެފައިވަނީ "ޔެސް ދަ ބޭގް ވޯސް އެމްޓީ" ލިޔެފައެވެ.

އެއިވެންޓުގައި ކޮރެއާގެ މަގުބޫލު ތަރި އައިޔޫއާއެކު އާލިޔާ އިނުމުން އޭނާއަށް ވަނީ ވަރަށް ބޮޑަށް ތަރުހީބުވެސް ލިބިފައެވެ. މީގެ އިތުރުން އެ އިވެންޓުގައި ބޭރުގެ ގިނަ ތަރިންނާއެކު ފޮޓޯނަގައި އާލިއާ ވަނީ އެ ފޮޓޯތައްވެސް ހިއްސާ ކޮށްފައެވެ.

އާލިޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމު "ރޯކީ އޯރު އާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. އެ ފިލްމުގައި ބަތަލުގެ ބައިން ފެންނާނީ ރަންވީރު ސިންގް އެވެ. އާލިޔާ ވަރަށް އަވަހަށް ހޮލީވުޑް ފިލްމަކުންވެސް ފެނިގެންދާނެއެވެ. އެއީ "ހާޓް އޮފް ސްޓޯން" ކިޔާ ފިލްމެކެވެ.