ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި މަގާމު ދިފާއުކުރަން ސިޔާސީ ކަސްތޮޅެއްގައި އެޅިގެން ނުހުންނަވާނެ ކަމަށް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފިކުރެއްގެ ދިރުމުން ބޮޑުފެންވަޅުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ މަގާމެއްގެ ބިރުވެތިކަމުގައި އެމްޑީޕީގައި އޭނާ ހުންނަވަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ މަގާމެއް ދިފާއުކުރަން ނޫން ކަމަށެވެ.
އެމްޑީޕީގެ ހުރިހާ އަސާސްތަކެއް ހަލާކުވެގެންދާ އިރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިފާއުކުރަން ނޫޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިފާއުކުރައްވަން ވަކިކަމެއް ނުކުރައްވާނެ ކަމަށާއި އަދި އެ މަގާމުން އިސްތިއުފާވެސް ނުދެއްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
"އަޅުގަނޑު އިސްތިއުފާ ނުދޭނަން. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އަޅުގަނޑުގެ މަގާމު ދިފާއުކުރާކަށް އަޅުގަނޑު ސިޔާސީ ބޮޑު ކަސްތޮޅެއްގައި ނީންނާނަން،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އޭނާ ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ތެރެއަށް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގެ ދައުރެއް ނެތް ކަމަށެވެ.
"އަޅުގަނޑުގެ މަގާމު ދިފާއުކުރާކަށް އަޅުގަނޑެއް، އަޅުގަނޑަށް ގަބޫލު ނުކުރެވޭ ވަރުގެ އަސާސްތަކެއްގައި ތިބި ޕާޓީއަކަށް އުޅޭކަށް އަޅުގަނޑު ބޭނުމެއް ނޫން. އެެހެންވީމާ އަޅުގަނޑުގެ މަގާމު އަޅުގަނޑު ނުދެކެން އެއީކީ ދިވެހިރާއްޖޭގެ ސިޔާސީ މުސްތަގުބަލަކަށް މާ މުހިންމު މަގާމެއް ކަމަށް،" އީވާ ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް އީވާ ވިދާޅުވި އިރު، އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ އީވާ މަގާމުން ވަކިކުރުމުގެ މަޝްވަރާކުރަމުންދާ ކަމަށެވެ. މީގެ ކުރިންވެސް އީވާ އެ މަގާމުން ވަކިކުރަން މަޝްވަރާކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ،
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު