Close
ޚަބަރު

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 100 ޖީބީގެ ޑޭޓާ ޕެކް ތަކެއް!

މުހައްމަދު ޖަމްޝަތް ވަހީދު

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން 100ޖީބީގެ ޑޭޓާ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

ދިރާގުު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖަރު ކަސްޓަމަ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވީ މި ޕެކޭޖްތަކަކީ މިދިޔަ އީދު ތެރޭގައި އެ ކުންފުނިން ތައާރަފުކުރި 100ޖީބީގެ ކުރު މުއްދަތުގެ ޕެކޭޖްތަކަށް ލިބުނު ތަރުހީބަށް ބަލައި، ތައާރަފްކުރި ޕެކޭޖްތަކެއް ކަމަށެވެ.

މިއަދަކީ ދުނިޔޭގެ ވޯލްޑް ކޮމިއުނިކޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން ދުވަހަށް ވެފައި، ދިރާގުން މި ދުވަހުގެ މުނާސަބަތާ ގުޅުވައި ތައާރަފުކުރި މި ޕެކޭޖުތަކުގެ މަގުސަދަކީ ހުރިހާ ކަސްޓަމަރުންނަށް ފަސޭހަ ގޮތެއްގައި ޑޭޓާ ބޭނުން ކުރުމުގެ ފުރުސަތު ދިނުން ކަމަށްވެސް އިޝާނާ ވިދާޅުވި އެވެ.

ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ މި ޕެކޭޖުތަކަކީ

  • 100 ޖީބީ ތިން ދުވަހަށް، 100 ރުފިޔާއަށް
  • 100 ޖީބީ ހަތް ދުވަހަށް، 225 ރުފިޔާއަށް
  • 100 ޖީބީ 14 ދުވަހަށް، 400 ރުފިޔާއަށް
  • 100 ޖީބީ 21 ދުވަހަށް، 550 ރުފިޔާއަށް
  • 100 ޖީބީ 30 ދުވަހަށް، 750 ރުފިޔާއަށް

އިޝާނާ ވިދާޅުވީ ދިރަގުން އޮފާތައް ތައްޔާރުކުރަނީ ކަސްޓަމަރުންގެ ރިކުއެސްޓުތައް އަޑުއެހުމަށް ފަހު ކަމަށާއި ކުރިން 20 ޖީބީ ނުވަތަ 25 ޖީބީ އިން ފުދުނު ނަމަވެސް ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތައް ތައާރަފުވަމުން އަންނަ ވަރަކަށް ކަސްޓަމަރުން ޑޭޓާ ބޭނުންކުރަން ޖެހޭ މިންވަރުވެސް އިތުރުވަމުން އަންނަ ކަމަށެވެ. މި ޕެކޭޖުތަކަކީ ސޯޝަލްމީޑިއާ އާއި ސްޓްރީމިން ހިމެނޭހެން ހުރިހާ ކަމަކަށް ބޭނުންކުރެވޭނެ ޕެކޭޖުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.