Close
މުނިފޫހިފިލުވުން

ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ: އޮޅުންބޮޅުން ބޮޑު ކައިވެންޏެއް، އެކަމަކު ފުލް އޮން އެންޓަޓެއިންމެންޓެއް

ވިކީ ކުޝާލް އަދި ސާރާ އަލީ ޚާންގެ ފިލްމު "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" ގެ ޓްރެއިލަރު އިއްޔެވަނީ ރިލީސްކޮށްފައެވެ. މި ފިލްމަކީ ކައިވެންޏެއްގައި ޖެހޭ މައްސަލަތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އިންޑިއާގެ އިންދޯރުގައި ޝޫޓްކޮށްފައިވާ މި ފިލްމުގައި ލޯތްބާއި، ޑްރާމާ، އަދި ކޮމެޑީ ހިމެނޭކަން ޓްރެއިލަރުން ވަނީ ފެނިފައެވެ. ފިލްމުގައި ޓްވިސްޓް އަންނަނީ ދެމީހުން ވަރިވާން ބޭނުންވާ ހިސާބުންނެވެ. ޖޫން ދޭއްގައި ފިލްމު ރިލީސްކުރަން ހަމަޖެހިފައިވާއިރު މި ފިލްމުވެގެން ދާނީ ފުލް އޮން އެންޓަޓެއިންމަންޓަކަށް ކަމަށް ޓްރެއިލަރު ބެލި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޓްރެއިލަރު ރިލީސްކުރި އިރު ފިލްމާ ގުޅޭ ގޮތުން ސާރާ ބުނި ގޮތުގައި، އޭނާއަކީ ކައިވެނި ކޮށްފައި ނުވާ މީހަކަށް ވާތީ އެރޯލު ކުޅުމަށް ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. އެއީ ކައިވެނި ކޮށްގެން އުޅޭ އަންހެނެއްގެ އިމޯޝަންތައް، އެ ކެރެކްޓަރު ދެނެގަންނަން ޖެހުމުންނެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ލަކްސްމަން އުތޭކަރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަމަށް ސާރާ ބުނެފައިވެއެވެ.