Close
މުނިފޫހިފިލުވުން

ފިލްމު "ޑޯން"ގެ ތިންވަނަ ބައެއްވެސް އުފައްދަނީ

1

ސުޕާ ސްޓާރު ޝާހުރުކް ޚާން ލީޑް ރޯލުން ފެނިގެންދާ އެކްޝަން ތުރިލަރ ފިލްމު "ޑޯން" ގެ ތިން ވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަކަމަށް ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނެފިއެވެ.

ފަރްޚާން އަޚްތަރު ޑައިރެކްޓް ކުރާ މި ފިލްމުގައި ހިނގާނެ ކަންތައްތަކުގެ މާބޮޑު މައުލޫމާތެެއް އަދި ނުލިބޭނެކަމަށް ރިތޭޝް ވަނީ ބުނެފައެވެ.

"އަހަރެންގެ ޕާޓްނަރު (ފަރްޚާން) މިހާރު އެގެންދަނީ ފިލްމުގެ ސްކްރިޕްޓް ލިޔަމުން. ފިލްމުގައި ވާނެ ގޮތެއް އަދި ނޭނގެ. އަހަރުމެން އެންމެންވެސް މިތިބީ ސްކްރިޕްޓް އެކީ ލިޔެ ނިމެންދެން" އިންޑިއާގެ ޕްރެސްޓްރަސްޓަށް ދިން އިންޓަވިއުގައި ރިތޭޝް ބުންޏެވެ.

1978 ގައި އަމީތާބް ލީޑުން ފެނިގެންދިޔަ މަގުބޫލު ފިލްމު ޑޯންގެ ރައިޓްސް އަޚްތަރު އާއި ރިތޭޝް ގަތުމަށްފަހު ޝާހުރުކް ޚާނާއި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ހިމަނައިގެން 2006 ވަނަ އަހަރު އަލުން ވަނީ ރީމޭކް ކޮށްފައެވެ. ފިލްމުގެ ދެވަނަ ބައި ނެެރެފައިވަނީ 2011 ގައެވެ. އެފިލްމުގައި ލީޑުން ފެނިފައިވަނީ ޝާހު އާއެކު ޕްރިޔަންކާއެވެ. ދެ ފިލްމުވެސް ޑައިރެކްޓް ކޮށްފައިވަނީ އަޚްތަރުއެވެ.

ރިތޭޝް ވަނީ މީގެ ކުރިންވެސް މަގުބޫލު ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައެވެ. އޭގެ ތެރޭގައި "ދިލް ޗާހްތާހޭ"، "ރޮކް އޮން"، "ޒިންދަގީ ނަ މިލޭނގީ ދޮބާރާ" އަދި ޝާހު ލީޑުން ފެނިގެން ދިޔަ ފިލްމު "ރައީސް" ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟