މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހިޔާ ޓަވަރު ކައިރީގައި ބަސް ސްޓޮޕެއް ގާއިމުކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ އެތަނުގައި ބަސް ސްޓޮޕެއް ގާއިމުކުރީ އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކުރަން ކަމަށެވެ.
"މި ކުންފުނީގެ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R6, R7, R8 R9 ރޫޓުގެ ބަސްތައް މެދުވެރިކޮށް 15 މެއި 2023 އިން ފެށިގެން މި ބަސް ހުއްޓިއަށް ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައި،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތާ ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 1650 ގުޅުމަށް އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު