މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ފުވައްމުލަކު ސިޓީ/ ދޫޑިގަން، ރަންދެލިގެ، ހަސަން ޖަމީލް (30އ) އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޖަމީލް، އާއިލާއަށް ގެއްލިފައިވާ ކަމަށް ބުނެ އެ އިދާރާއަށް ރިޕޯޓް ކުރީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރެއްވީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށާއި އޭނާ މާލޭގައި ހުރި ކަމަށް އާއިލާއަށް ގުޅާފައި ބުނި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ،

ފުލުހުން މިރޭ ބުނީ ޖަމީލް މިއަދުގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.