ޓެކްނޮލޮޖީ

ޖީމެއިލް ވެސް ވެރިފައިކޮށް ނޫ ބެޖް ޖަހަން ފަށައިފި

ޓުވިޓަރގެ ނޫބެޖް ނުވަތަ ނޫ ކުލައިގެ ހެޔޮ ފާހަގަ ނުލިބިގެން އުޅުނު ޒަމާނެއްވެސް ފެނިގެން ގޮސްފިއެވެ. މިހާރު އެކަން އޮތީ ބޮޑު ވިޔަފާރިއަކަށްވެ ނިމިފައެވެ. އެއާއި އެކު މިހާރު ޖީމެއިލް އިން ފޮނުވާ އީމެއިލްތަކަކީ ވެސް މި ދެންނެވި ފަދަ ނޫ ބެޖް ޖަހާ އެއްޗަކަށް ހަދައިފިއެވެ. ބްލޫ ޗެކްމާކެއް ނުވަތަ ނޫބެޖް އީމެއިލްގެ ނަމާއި އެކު ދައްކަން ފަށާނީ އެމީހެއްގެ އައިޑެންޓިޓީ ޔަގީން ކުރުމަށް ފަހުގައެވެ. ގޫގުލް އިން ބުނީ މި ފީޗާއަކީ ލިބިފައިވާ އީމެއިލް އަކީ ޝަރުއީ މަސްދަރަކުންތޯ ނުވަތަ ފޭކް ސްކޭމަރެއްގެ އީމެއިލްއެއްތޯ ބެލުމަށް އެހީތެރިވެދޭ ފީޗާއެއް ކަމަށެވެ.

ވެރިފައިޑް ޗެކްމާކް ބިނާވެފައިވަނީ ޖީމެއިލްގެ މިހާރު ހުރި ބްރޭންޑް އިންޑިކޭޓަރސް ފޯ މެސެޖް އައިޑެންޓިފިކޭޝަން (ބީއެމްއައި) ފީޗާގެ މައްޗަށެވެ. މިއީ ކުންފުނިތަކުން އެމީހުންގެ އީމެއިލް ބޭނުންކުރާ ބްރޭންޑް ލޯގޯއަކީ އެ ލޯގޯ ހަގީގަތުގައި އެމީހުންނަށް ނިސްބަތްވާ އެއްޗެއްކަން އީމެއިލް ގައި އިންނަ ނޫ ބެޖުން ޔަގީންކޮށްދޭނެއެވެ. މިހާރުވެސް ޖީމެއިލް ބޭނުން ކުރާ މަސްހޫރު ކުންފުނިތަކަށް އޮޓޮމެޓިކުން ޗެކްމާކް ލިބެމުންދާނެއެވެ.

ގޫގުލް އިން ފޯރުކޮށްދިން މައުލޫމާތުން ސާފްވާ ގޮތުގައި ޗެކްމާކްގެ މައްޗަށް މައުސް ތިކި އަރުވާލުމުން“މި އީމެއިލް ފޮނުވި ފަރާތް ޔަގީންކޮށްފި” ކަމަށް ބުނާނެއެވެ. އެއީ އެމީހުން އީމެއިލް ފޮނުވަން ބޭނުންކުރާ ޑޮމެއިން އާއި ޕްރޮފައިލް އިމޭޖް އެމީހުންގެ މިލްކުވެރިއެއް ކަމަށެވެ. ގޫގުލް އިން ފާހަގަކުރާ ގޮތުގައި އީމެއިލް އޮތެންޓިކޭޝަންގެ ސަބަބުން ލިބޭ އީމެއިލް ސެކިއުރިޓީ ސިސްޓަމްތަކަށް ވެސް "ސްޕޭމް ދެނެގަނެ ހުއްޓުވުމަށް" އެހީތެރިވެދޭއިރު، ފޮނުވާ ފަރާތްތަކަށް ލަންޑު ލިބުން ހުއްޓި ފޭކް މެއިލް ތަކުން ސަލާމަށް ވުމަށް "ބޮޑު ޔަގީންކަމެއް" ލިބޭނެއެވެ.

ޓްވިޓާގެ ވެރިފިކޭޝަން ވެސް ފަހަކަށް އައިސް މަސްހޫރުވެ ބޮޑު ވިޔަފާރިއަކާއި އެކު ސުރުޚީތަކަށް އަރާފައިވީ ނަމަވެސް ޖީމެއިލް އަދި އެހެން އެއްވެސް އީމެއިލް އެއް މީގެ ކުރިން ވެރިފައި ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ދާދި ފަހުން މެޓާ އިން ވަނީ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތަކަށް ތަކުގެ ވެރިފިކޭސަން ވިއްކަން ފަށާފައެވެ.

ޖީމެއިލް އިން މިއަދުން ފެށިގެން ވޯކްސްޕޭސް އެކައުންޓްތަކާއި ޕާސަނަލް ގޫގުލް އެކައުންޓްތަކުގައި ވެސް ވެރިފައިޑް ޗެކްމާކްތައް ތައާރަފް ކުރަމުންދާތީ، ވަރަށް އަވަހަށް އީމެއިލްތަކަށް ބްލޫ ޗެކްމާކްތައް ފެންނަން ފަށައިފާނެ އެވެ.