ތުރުކީވިލާތުން އަނެއްކާވެސް ތެލުގެ ވަރަށް ބޮޑު ރިޒާރވެއް ފެނިއްޖެއެވެ. އެގައުމުގެ ދެކުނުބިތުން އަލަށް މިފެނުނު ރިޒާރވްގައި އެއްބިލިޔަން ފީފާއަށްވުރެ ގިނައިން ތެޔޮހުރިކަމަށް ތަޖުރިބާކާރުން އަންދާޒާކުރެއެވެ.
މިސަރަހައްދު ފުރިހަމައަށް ތަރައްގީކުރެވުނީމާ މިތަނުން ދުވާލަކު އެއްލައްކަ ފީފާގެ ތެޔޮ ނެގޭނޭ ކަމަށް ތުރުކީގެ ޕެޓްރޯލިއަމް ކުންފުނިން ބުނެއެވެ. އެއަދަދަށް ތެޔޮ ނެގެންޏާ އެއީ ކުރިން ތުރުކީގައި އުފައްދަމުން އައި މިންވަރުގެ ދެގުނައަށްވުރެވެސް މައްޗެވެ. އެހެންކަމުން ހަކަތައިގެ ކަންތަކުގައި ބޭރަށް ބަރޯސާވުން މުޅިން ހުއްޓި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ހިސާބަށް ވާސިލްވެވޭނޭ ކަމަށްވެސް ތުރުކީ ޕެޓްރޯލިއަމުން ބުނެއެވެ.
ތުރުކީވިލާތުން ތެލުގެ އައު ރިޒާރވެއް ފެނިފައިމިވަނީ ތުރުކީގެ އައްސޭރިން ބްލެކްސީގެ އަޑިން ގުދުރަތީ ގޭހުގެ ވަރަށް ބޮޑު ރިޒާރވެއްވެސް ފެނުނުތާ ގިނަދުވަސްތަކެއް ނުވަނީހެވެ. ގޭހުގެ ރިޒާރވުގައި 500 ބިލިޔަން ޑޮލަރުގެ ގޭސް ހުންނާނޭ ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އެއީ ތުރުކީގެ ހުރިހާ ގޭބިސީތަކަށް މަދުވެގެން 35 އަހަރުގެ މުއްދަތަށް ފުދޭ މިންވަރެކެވެ. މި ގޭހާއި ތެޔޮ ފެނުމުގެ ކުރިން ތުރުކީއަކީ ރަޝިޔާ އާއި މެދުއިރުމަތިން ތެލާއި ގޭސް އިމްޕޯޓްކުރަމުން އައި ގައުމެކެވެ.
ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިގެންގޮސްފައެވެ. އެކަމުގެ ނޭދެވޭ އަސަރު އިގްތިސާދީގޮތުން އެންމެ ބޮޑަށް ފޯރި އެެއްގައުމަކީވެސް ތުރުކީވިލާތެވެ. އެގައުމުގެ ހަކަތައާބެހޭ ވަޒީރު ފާތިހު ޑޮންމެޒް ވިދާޅުވެފައިވަނީ ހަކަތައިގެ ބާވަތްތައް އިމްޕޯޓްކުރަން ނުޖެހި އެދާއިރާގައި އަމިއްލަ ފައިމައްޗަށް ތެދުވެވުމަކީ ތުރުކީގެ އިގްތިސާދަށް އަވަސް ކުރިއެރުމެއް ހޯދުމަށް ލިބުނު ނުހަނު ބޮޑު ފުރުސަތެއް ކަމުގަައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ