އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހާ ކުރަމަތި ރިސޯޓް މޫދުގައި ފަތާފައި ދަނިކޮށް ފުލުހުން ހޯދައިފި އެވެ.
ބަންދުގައި ހުއްޓާ ފިލާފައިވަނީ، އއ. ހިމަންދޫ /ދަބުގެ، ހުސައިން ޝަހްބާން (25އ) އެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝަހުބާން އިއްޔެ ފިލީ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރެއަށް ނެރެފައި ހުއްޓައި ފާރުމަތިން ފުންމާލައިގެންނެވެ.
ފުލުހުން މިއަދު ބުނީ، މިއަދު އިރުއޮއްސި 18:35 އެހައިކަންހާއިރު، ޝަހުބާން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ބުންޏެވެ.
ޝަހުބާން ފިލީ ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލައިގެން ސާމާނުތަކެއް ހިފައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވިއެވެ. ނަމަވެސް އެކަން ފިލުހުން ވަނީ ދޮގުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު