އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ފިލައިފި އެވެ.
ފުލުހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އުމުރުން 25 އަހަރުގެ އެ މީހާ އިއްޔެ ފިލީ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރެއަށް ނެރެފައި ހުއްޓައި ފާރުމަތިން ފުންމާލައިގެން ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަަވެސް އެމީހާ ފިލީ ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލައިގެން ސާމާނުތަކެއް ހިފައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވަހަކަތަައް ފުލުހުން ވަނީ ދޮގު ކޮށްފައެވެ.
ފުލުހުން ބުނީ، އެމީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ތަނެއް ފަޅައިލި ކަމަށް ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ފިލި މީހާ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު