Close Election
Close
ޚަބަރު

ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ގޯލްޑް ސްޕޮންސަރަކަށް ސްޓެލްކޯ

މުހައްމަދު އިޝާން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ގޯލްޑް ސްޕޮންސަރަކަށް ސްޓެލްކޯ ހަމަޖައްސައިފިއެވެ.

އެމްއެމްސީން ބުނީ އެކަމުގެ އެއްބަސްވުމުގައި އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު މުސްތަފާ ކަމަށެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ ސެޓެލްކޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމުގެ ސްޕޮންސަރަކަށް ހަމަޖެއްސި ދެވަނަ ކުންފުނި ކަމަށާއި އެކަމަށް ޓަކައި އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެމްއެމްސީ ކުރިއަށްގެންދާ ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގްރާމަކީ ސްކޫލް ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ނިންމާފައިވާ ޕްރޮގްރާމެކެވެ. މި އަހަރު ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމްގެ ދަށުން ތިން ސްކޫލެއްގެ 70 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ.