މާލެއާއި ވިލިމާލޭގެ މަގުތައް ބެލެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން "ކޮމިޔުޓީ އެންގޭޖުމަންޓް ޔުނިޓް"ގެ ނަމުގައި ހާއްސަ ޔުނިޓެއް އުފައްދައި އެ ޔުނިޓުގެ ދަށުން 80 މުވައްޒަފުން ނަގައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެއާއި ވިލިމާލޭގެ މަގުތައް ބެލެހެއްޓުމަށް 80 މުވައްޒަފުން ނަގާފައިވާ ކަމަށާއި މިމަހުގެ 15ގައި އެ މުވައްޒަފުން މަގުތަކަށް ނުކުންނާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ މުވައްޒަފުންނަށް ޔުނިފޯމް ހަމަކުރުމުގެ މަސައްކަތާއި އެންމެ ފަހުގެ ތަމްރީނުތައް ދިނުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ހުރިހާ ކަމެއް އަންނަ ހަފުތާގައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.
"މަރުހަލާތަކެއް ކަޑައްތުވުމަށްފަހު ދެން ފިޔަވަޅުވެސް އަޅާނީ. ފުރަތަމަ ދެތިން މަހު ފައިސާގެ ޖޫރިމަނާ އަޅުގަނޑުމެން ނުވެސް ކުރާނަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މަސައްކަތް ކުރާނީ ދެ ޝިފްޓަކަށް ކަމަށެވެ. އެގޮތުން ހެނދުނު 6:00 އަކުން ރޭގަނޑު 12:00 އަށް މާލެއާ ވިލިމާލޭގެ މަގުތަކުގައި އެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު