މައިކްރޮސޮފްޓުގެ ވިންޑޯޒް 10 އަށް އިރުއޮއްސޭ ވަގުތު ޖެހިއްޖެއެވެ. ދެން އިތުރަށް ވިންޑޯޒް 10 ފުރިހަމަ ކުރުމެއްނެތެވެ. އެހެން ނަމަވެސް ވިންޑޯޒް 10 އަށް އަދިވެސް ކޮންމެ މަހަކު ސެކިއުރިޓީ އަޕްޑޭޓްތައް ލިބޭނެ އެވެ. ނަމަވެސް މައިކްރޮސޮފްޓުން މިހާރު ހިތްވަރުދީ އަންގަމުން އަންނަނީ ވީ އެންމެ އަވަހަކަށް ވިންޑޯޒް 11 އަށް ބަދަލުވުމަށެވެ. މުސްކުޅި ވިންޑޯޒް 10 އަށް ދެން އިތުރު ފީޗާ އަޕްޑޭޓްތަކެއް ވެސް ނުލިބޭނެއެވެ.
މައިކްރޮސޮފްޓުން މިހާރު ތައްޔާރުވަމުން އަންނަނީ ވިންޑޯޒް 11 އަށް ބޮޑު ބަދަލެއް (އަޕްގްރޭޑް) އެއް ގެނައުމަށެވެ. އެގޮތުން ވިންޑޯޒް 11 އިތުރަަށް ފުރިހަމަ ކުރާއިރު ގޭމިން އަށް ހާއްސަ އިތުރު ފީޗާތައްވެސް ހިމަނާނެއެވެ.
އެންމެ ފަހުގެ ވިންޑޯޒް ކްލައިންޓް ރޯޑްމެޕް (އޮޕަންސް އިން ނިއު ޓެބް) ކަށަވަރުކޮށްދޭ ގޮތުގައި ވިންޑޯޒް 10ގެ މިހާރުގެ ވަރޝަން، ވަރޝަން 22އެޗް2 އަކީ ވިންޑޯޒް 10 ގެ އެންމެ ފަހުގެ ވާޝަން އެވެ. މިއީ އޮކްޓޯބަރު 14، 2025 ގައި އީއޯއެސް (އެންޑް އޮފް ސަޕޯޓް) އަށް ވާސިލުވާނެ ކަމަށް ބެލެވޭ ވަރޝަން ވެސް މެއެވެ.
މައިކްރޮސޮފްޓުން ވިންޑޯޒް 10 ލައިސަންސް (އޮޕަންސް އިން ނިއު ޓެބް) ވިއްކުން ހުއްޓާލީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށާއި އޭގެ ފަހުން ދެން އިތުރު ދެއަހަރު ބޭނުން ކުރެވޭނީ ލައިސަންސް އިތުރަށް ނުގަނެއެވެ. ކުރިއަށް އޮތް ތަނުގައި ސިސްޓަމް ބިލްޑަރުންނަށް އޮޕަރޭޓިން ސިސްޓަމްތަކުގެ އިތުރު އެއްވެސް ކަމެއް ނުުކުރެވޭނެއެވެ. މާ ގިނަ ސެކިއުރިޓީ ޕެޗްތަކެއް ވެސް ނުހަދާނެއެވެ. އެހެން ނަމަވެސް އަދިވެސް ތިންވަނަ ފަރާތެއް މެދުވެރިކޮށް ލައިސަންސް ހޯދިދާނެ ކަމަށާއި ނަމަވެސް އެއީ މާ އަގުބޮޑު އަދި ގިނަ ފަހަރަށް ބޮލުގައި ރިހުން ހުރި ލައިސަންސްތަކަކަށް ވެދާނެ ކަމަށްވެސް ބުނެއެވެ.
ފަހުގެ ވިންޑޯޒް 11 އަޕްޑޭޓްތަކުން ޑީއެކްސް11 އަދި ޑީއެކްސް10 ގޭމްތަކުގެ ޕާފޯމަންސް އަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާއިރު، ޑިސްޕްލޭ ލޭޓެންސީ، ވެރިއޭބަލް ރިފްރެޝް ރޭޓް، އަދި ވިންޑޯޑް ގޭމިންގައި އޮޓޯއެޗްޑީއާރު ވެސް ވަނީ ރަނގަޅުކޮށްފައެވެ. އަވަހަށް ވިންޑޯޒް 11 އަށް ބަދަލުވާން ރާވާފައި ނުވާނަމަ ވިންޑޯޒް ވަރޝަން 22އެޗް2 އަށް އަވަހަށް އަޕްޑޭޓް ކޮށްލާށެވެ. އެހެން ނޫނީ ވިންޑޯޒް 10 އަކަށް ދޫކުރާ އެންމެ ފަހުގެ ސެކިއުރިޓީ އަޕްޑޭޓްތައް ވެސް ނުލިބިދާނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ