ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ޑޮލަރު އޭޓީއޭމް ސެންޓަރު ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފި އެވެ.
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރު ކުރިން ހުރީ ހެންވޭރު ބޮޑުތަކުރުފާނު މަގު ކިންގް ސަލްމާން މިސްކިތް ކައިރީގައެވެ. ހ. މެރިން ޑްރީމްގައި ހިންގަމުން އައި އޭޓީއެމް ސެންޓަރު ބަންދުކުރަން ނިންމާފައިވާ ކަން ބޭންކުން ވަނީ މިދިޔަ ހަފުތާގައި އަންގާފަ އެވެ.
އިއްޔެ އިން ފެށިގެން ބީއެމްއެލްއިން ވަނީ ހެންވޭރުގައި ހިންގަމުން އައި ޑޮލަރު އޭޓީއެމްތައް ކުރީގެ ސްޓާ ސިނަމާ އިމާރާތުގައި ހުންނަ ރުފިޔާ އޭޓީއެމް ސެންޓަރަށް ބަދަލުކޮށްފަ އެވެ.
މި ބަދަލާއެކު ސްޓާ ސިނަމާ އިމާރާތުގައި ހުންނަ އޭޓީއެމް ތަކުން ދެން ކުރެވޭނީ ޑޮލަރުގެ ޓްރާންސެކްޝަންތައް އެކަނި ކަމަށް ބޭންކުން ބުންޏެވެ.
އެ އޭޓީއެމްތަކާ އެންމެ ކައިރިން ދިވެހި ރުފިޔާގެ މުއާމަލާތްތަކަށް ބޭނުންކުރާނެ އޭޓީއެމްތައް ދެން ހުންނާނީ އައިޖީއެމްއެޗް ކައިރީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު