މައިކްރޮސޮފްޓްގެ އެންމެ ފަހުގެ ވިންޑޯސް 11 އަދި ވިންޑޯޒް 10 ގައި ބޮޑު ސެކިއުރިޓީ ބާގަނޑުތަކެއް ހުރިކަން ހާމަވެއްޖެއެވެ. އޭގެ އަދަދު 97 އަށްވުރެ ވެސް މަތި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ކަމުން ވިންޑޯސްގެ 10 އަދި ވިންޑޯސް 11 ބޭނުން ކުރާ މީހުން ލަސްނުކޮށް މިކަމުން ރައްކާތެރި ވުމަށް ސެކިއުރިޓީ އަޕްޑޭޓްތައް އިންސްޓޯލް ކުރުން މުހިންމު ކަމަށް މައިކުރޮސޮފްޓުން ވަނީ ބުނެފިއެވެ.
ޕްރޮގުރާމްތައް ލިޔާ ޑިވެލޮޕަރުން ދާދިފަހުން ހޯދި ވިންޑޮޒް އޮޕަރޭޓިން ސިސްޓަމްގެ ތެރެއަށް ވަދެވޭ އެކިއެކި ބާގަނޑުތައް ބެއްދުމަށް ކޮންމެހެންވެސް ވިންޑޯސް އަޕްޑޭޓް ކުރުން މުހިއްމު ވާ ސަބަބަކީ މޯބައިލް ފޯނުތަކާއި ޓެބްލެޓްތަކާ ހިލާފަށް ކޮމްޕިއުޓަރު ތަކަށް ފަހޭސައިން ގެއްލުން ދެވޭތީއެވެ. އެކަން ހައްލު ކުރުމަށް ހާއްސަކޮށް ނެރެފައިވާ ވިންޑޯސްގެ ސެކިއުރިޓީ އަޕްޑޭޓް އިންސްޓޯލް ކުރުން އަވަސް ކުރުމަށް އަންގާފައި ވަނީ އެހެންވެއެވެ.
އެގޮތުން މައިކްރޮސޮފްޓް ވިންޑޯޒްއަށް ނުރައްކާވެދާނެ ސެކިއުރިޓީ 97 ބާގަނޑެއް ފެނި އެތަންތައް ބެއްދުމަށް ނެރެފައިވާ އަޕްޑޭޓް ޕެޗްތައް މިހާރު ނެރެމުން އަންނައިރު މިކަން ހޯދި ޕުރޮގްރާމްތައް ލިޔެދޭ ޑިވޮލޮޕަރުންގެ ވާހަކަ ވަނީ ދަ ހެކަރ ނިއުސް އިން ރިޕޯޓްކޮށްފައެވެ. މޯބައިލް ފޯނު އެންޑްރޮއިޑް އަދި އެޕަލް އައިއޯއެސްތަކާ ހިލާފަށް ވިންޑޯސްއިން ހިންގާ ކޮންޕިއުޓަރުތައް ރައްކާތެރިކޮށްދިނުމަށް ބޭނުން ކުރާ ސެކިއުރިޓީ ޕެޗް ނުވަތަ ސޮފްޓްވެއާގައި ހުންނަ ބާގަނޑުތައް މޯބައިލް އޯއެސްއާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި ކޮމްޕިއުޓަރު ތަކަށް ލިބޭ ގެއްލުންވެސް ބޮޑު ކަމަށާއި އެ ކޮމްޕިއުޓަރުތަކަށް 45 ރިމޯޓް ކޯޑް (ނުވަތަ ކޮމްޕިއުޓަރަށް ވަދެވޭނެ) ފުރުސަތު ލިބޭ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކޮމްޕިއުޓަރުގެ އެޑްމިނިސްޓްރޭޓަރުގެ ގޮތުގައި ހަރަކާތްތެރި ވެވޭނެ ފެންވަރަށް ކޮމްޕިއުޓަރު ކޮންޓްރޯލް ކުރެވޭނެ އެކްސެސް މި ބާގަނޑުގެ ތެރެއިން ލިބޭ ފްލޯގައި ހިމެނެއެވެ.
ވިންޑޯސްގައި ހިމެނޭ މި އުނިކަންތަކުގެ ތެރެއިން އެއް ކަމަކީ ސީވީއީ-2023-28252 އެވެ. މައިކްރޮސޮފްޓުން ކަށަވަރުކޮށްދިން ގޮތުގައި މި ބާގަނޑު ބޭނުން ކޮށްގެން މިހާރު ވެސް އޭގެ ފައިދާ ނަގައި ވިންޑޯޒް ބޭނުންކުރާ މީހުން ނުވަތަ ހެކަރުން އެބަތިއްބެވެ. މައިކްރޮސޮފްޓުން ބުނާ ގޮތުގައި، ފަހުގެ އަޕްޑޭޓް ނުކުރާ ހުރިހާ ވިންޑޯޒް ކޮމްޕިއުޓަރު ތަކަށް ރިމޯޓްކޮނށް ވަދެ އެ ކޮމްޕިއުޓަރުގެ ފުރިހަމަ ކޮންޓްރޯލް މާދުރުގައި ހުރި އެހެން މީހަކަށް ހޯދޭނެއެވެ.
މިފަދަ ސެކިއުރިޓީ ބާގަނޑު ތަކުގެ ނާޖާއިޒް ފައިދާ ނަގާ މީހުންގެ މައުލޫމާތު ނުހޯދިދާނެ ކަމަށާއި އެހެން ނަމަވެސް އެ ކަން ހުއްޓުވުމަށް ސައިބަރ ސެކިއުރިޓީ ކުންފުނި ކެސްޕަސްކީ އިން އަންނަނީ އަވަސް ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެގޮތުން މެދުއިރުމަތި އަދި އުތުރު އެމެރިކާގެ ވިޔަފާރިތަކަށް ރެންސޮމްވޭއާ (ވައިރަސް) ގެ ހަމަލާތައް ދޫކުރާ ސައިބަރ ކްރައިމް ގްރޫޕެއް ވަނީ ދެނެގަނެފައެވެ. ސީއައިއެސްއޭ (ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީ) އިން ވެސް ވަނީ މެއި މަހުގެ ދެވަނަ ދުވަހުގެ ކުރިން މި ނުރައްކާ ކުރިމަތިވެފައިވާ ހުރިހާ ކޮމްޕިއުޓަރު ތަކެއް ރައްކާތެރި ކޮށްދޭނެ ޕެޗް ހުރިހާ ވިންޑޯޒް ކޮންޕިއުޓަރުތަކަށް އެޅުމަށް ސަރުކާރުގެ ކުންފުނި ތަކަށާއި އެކިއެކި ހިދުމަތް ދޭ އެޖެންސީތަކަށް އަންގާފަ އެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ