އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ހުށަހެޅުމަށް މިއަދު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި، މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ކުންފުނިން ހިއްސާއަކަށް ބަހާ އެންމެ ބޮޑު އަދަދެވެ.
ބޯޑުން ހުށަހެޅި ގޮތަށް ބަހަން ނިންމާނީ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްގެންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.
ޓެކުހަށް ކެނޑުމަށްފަހު އެސްޓީއޯއަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 742 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 52 ޕަސެންޓް ކުރިއެރުމެކެވެ.
އެ ކުންފުނިން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 65 ރުފިޔާއެވެ. އަދި 2020 ވަނަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 60 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު