ކަރަންޓުގެ ވިއުގަ އަޕްގްރޭޑު ކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިަދު ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑު ކުރުމަށް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެންދުރު 2:00 އިން ފެށިގެން 4:00 ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށެވެ.

ހަމަ އެވަގުތު ކަރަންޓު ކެނޑިގެންދާނީ މާފަންނުގެ ބޮޑުތަކުރުފާނު މަގާއި ބޮޑުފުންގަނޑު މަގާއި މަޖީދީ މަގާއި ބުރެވިމަގާއި ވައިޖެހޭ މަގު އަދި ލަސިމޫ ގޯޅިން ކަމަށެވެ. ގަލޮޅުގެ އޯކިޑްމަގާއި ފަރީދީމަގާއި ފަނޑިޔާރުމަގާއި މަޖީދީމަގު އަދި ޗަމްޕާ މަގުންވެސް ކަރަންޓު ކެޑިގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

މީގެއިތުރުން މެންދުރުފަހު 1:00 އިން ފެށިގެން 3:00 އަށް ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ގަލޮޅުގެ މަޖީދީމަގާއި، ފާށަނާކިލެގެ މަގާއި، އަލިކިލެގެފާނު މަގާއި ސަބްދެރިޔާ މަގުގެ އިތުރުން ބޮޑުރަސްގެފާނު މަގުންވެސް ކަރަންޓު ކެނޑިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑުމުގެ ސަަބަބުން ރައްޔިތުންނަށް ދިމާވެދާން ދަތި ތަކަށް ސްޓެލްކޯއިންވަނީ މާފަށް އެދިފައެވެ.