ވ. ކެޔޮދޫގެ މިސްކިތަށް ގެއްލުން ދިން މައްސަލައެއްގައި ރޭ މީހަކު ހައްޔަރުކޮށްފިއެވެ.
ކެޔޮދޫ މިސްކިތަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އެރަށު މިސްކިތުގައި ހުރި ހަތިމުތަކެއް ވީދާލި ޒުވާނާއެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން އެ މިސްކިތުގައި ހުރި ހަތިމްތައް ވީދާލައިފައެވެ.
ފުލުހުން މިއަދު "ވަން" އަށް ބުނީ ކެޔޮދޫ މިސްކިތުގެ ބޮޑު ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ރޭ 12:50 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތުހުމަތެއް އޭނާއަށް ނުކުރެއެވެ.
ކެޔޮދޫ ކައުންސިލުން ބުނީ އެ ޒުވާނާއަކީ މީގެ ކުރިން އެރަށު މިސްކިތުގައި ހުރި ހަތިމްތަކެއް ވީދާލި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ޒުވާނާ ކަމަށެވެ. ނަމަވެސް އޭނާއަށް އެ މައްސަލައިގެ ތުހުމަތުކޮށްފައިނުވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު