ތައިލެންޑްގެ ވެރިރަށް ބެންކޮކާއި އެހެނިހެން ހިސާބުތަކުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފިއެވެ.
ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ބެންކޮކްގެ ފިނިހޫނުމިން ހުރީ 42 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހީޓް އިންޑެކްސް (އާދަޔާ ހިލާފަށް ފިނިހޫނުމިން އިހުސާސްވާ ގޮތް ނުވަތަ އިހްސާސްކުރެވޭ ހޫނު މިން) ހުރީ 54 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.
ހަފުތާ ބަންދުގައި އިތުރަށް ހޫނު ގަދަވެ ތައިލެންޑްގެ 77 ޕްރޮވިންސްގެ ތެރެއިން މަދުވެގެން 28 ޕްރޮވިންސެއްގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ތައިލެންޑަށް ރެކޯޑް މިންވަރަކަށް ހޫނުވަމުންދާތީ، އެގައުމުގެ އިދާރާތަކުން ވަނީ އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މީހުން ގެއިން ނުކުތުން ހުއްޓާލުމަށް އަންގައިފައެވެ. އެއީ ހީޓް ސްޓްރޯކް ފަދަ ކަންކަމުން ސަލާމަތްވުމަށެވެ.
ތައިލެންޑްގެ އިތުރުން އޭޝިއާގެ އެހެން ބައެއް ގައުމުތަކަށްވެސް މި ދުވަސްވަަރަކީ ހޫނުގަދަ ދުވަސްވަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު