ޖަމެއިކާގައި ތަމްރީނު ހަދަމުން އަންނަ މަރިޔަމް ރޫޔާ އަލީ، 22 އަހަރުވީ ގައުމީ އަންހެން ޖޫނިއާ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްކޯލާޝިޕްގެ ދަށުން ޖަމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ރޫޔާއަކީ މިހާރު ރާއްޖޭގައި އެންމެ އުންމީދީ ކުރިއެރުމެއް ހޯދަމުން އަންނަ އެއް ދުވުންތެރިޔާއެވެ. ރޫޔާ އިއްޔެ ގައުމީ ޖޫނިއާ 100 މީޓަރުގެ ރެކޯޑު ހެދީ، ކިންގްސްޓަންގައި ކުރިޔަށް ދިޔަ "ވެލޯސިޓީ ފެސްޓް" މުބާރާތުގައި ދުވެގެންނެވެ. ރޫޔާގެ ޓައިމިން އަކީ 12.21 ސިކުންތެވެ. މީގެ ކުރިން ޖޫނިއާ 100 މީޓަރު ރެކޯޑު އޮތީ ތަޖުރިބާކާރު ދުވުންތެރިޔާ ސަމްހާ އަހުމަދު އަތުގައެވެ. އޭނާ ރެކޯޑު ހަދާފައި އޮތީ 2001 ވަނަ އަހަރު ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ދުވެގެންނެވެ.
ޝަމްހާ އެ ފަހަރު ރެކޯޑް ހަދާފައިވަނީ 12.27 ސިކުންތުންނެވެ.
މިއަދު ރޫޔާ ރެކޯޑު ހެދުމާއެކު ޝަމްހާ ވަނީ ސޯޝަލް މީޑިއާގައި ރޫޔާއަށް ތަހުނިޔާ ކިޔައިފައެވެ. ސަމްހާ ބުނީ ޖަމެއިކާގެ ކޯޗުންގެ ފެންވަރު ރަނގަޅު ކަމަށް ފާހަގަވާ ކަމަށާއި އެހެން ނަމަވެސް މޮޅުވާނީ އަބަދުވެސް ބުރަ މަސައްކަތް ކޮށްގެން ކަމަށެވެ. އެ މަސައްކަތަށް ރޫޔާއަށް މަރުހަބާ ކިޔާ ކަމަށްވެސް ސަމްހާ ބުންޏެވެ.
މިދިޔަ އަހަރު، އިނގިރޭސިވިލާތުގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި އެތުލެޓިކްސް ޓީމުގައި ރޫޔާ ހިމެނެއެވެ. މިއަހަރުގެ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ރޫޔާ ވާދަކުރިި އިރު، އެ މުބާރާތުގައި ރާއްޖޭގެ 60 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ވެސް އޭނާ ހަދާފައިވެއެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް