ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް ވީހާވެސް ގިނަ ހިއްސާދާރުން ކުރިމަތިލުމަށް އެ ކުންފުނިން އެދިއްޖެއެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް، ބޯޑަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
އެސްޓީއޯއިން ބުނެފައިވަނީ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓުތައް ފުރިހަމަކުރުމަށްފަހު ފޮނުވަން ޖެހޭނީ [email protected] އަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައި ހަދާފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ. ފޯމު ފޮނުވުމުގެ ސުންގަޑިއަކީ 24 އޭޕްރީލް 2023ގެ ހެނދުނު 10:00 އެވެ.
އެ މަގާމަށް އަންހެނުން ކުރިމަތިލުމަށްވެސް އެސްޓީއޯއިން ކުރި އިއުލާނުގައި ބާރު އަޅާފައިވެއެވެ. އެސްޓީއޯއިން ވަނީ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމުސީލުކުރާ ޑިރެކްޓަރުން ނޮމިނޭޓް ކޮށްދިނުމަށް ޕީސީބީގައިވެސް އެދިފައެވެ.
އެސްޓީއޯއިން ބުނެފައިވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ރިކޯޑް ނަގާނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އެ ކުންފުނިން އަދި އިއުލާނެއް ނުކުރެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި