ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންޓަނަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ، ރައީސް ނަޝީދު މިމަހުގެ 12 އިން 17 އަށް އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބްލް-20 ނުވަތަ ވީ-20 މާލީ ވަޒީރުންގެ ދިހަ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ވަލްނަރަބަލް ޓްވެންޓީ ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓާ ފޯ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިން އަޓާ އޮފޯރީ ވަނީ ހާއްސަ ދައުވަތުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިކަމަށެވެ.
މި ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ފްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިން ފިޓް-ފޯ-ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗާ އެންޑް ޑިވެލޮޕްމަންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން" އެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި، އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު