އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކުގެ މަންމަ އަވަހާރަވެއްޖެއެވެ.

ރީކޯގެ މަންމައަކީ ކަތުގޭ އާމިނާމަނިކެއެވެ.

ރީކޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މަންމަ އަވަހާރަވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

"އަޅުގަނޑުގެ ހަޔާތުގެ ހުރިހާވެސް ކުރިއެރުމަކާއި، ކާމިޔާބުގެ އަސްލުކަމުގައިވާ އަޅުގަނޑުގެ ލޯބިވާ މަންމަ ދާދި ދެންމެއަކު ނިޔާވެއްޖެ. މަންމަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި،" ރީކޯ ވިދާޅުވިއެވެ.

ރީކޯ ވަނީ މި ރަމަޟާން މަހު، "ވަން ޕަލަސް" އިން ގެނެސްދިން "[އަނެއް ފަޅި](https://www.youtube.com/watch?v=pCAlqTGnHOM) " ޕްރޮގްރާމުގައި ވެސް މަންމައަށް ތައުރީފުކުރައްވައި، ވާހަކަދައްކަވައިފައެވެ.