ވިސާ ހަމަނުޖެހިގެން އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި އުމްރާއަށް ނުފުރި ތިބި ހުރިހާ އުމްރާވެރީން މިއަދު ފުރައިފިއެވެ.
ސަފާ ގްރޫޕުގެ އުމްރާވެރިން މިމަހުގެ ހަ ވަނަ ދުވަހު އުމްރާއަށް ފުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ވިސާ ހަމަނުޖެހިގެން ވަނީ ފަހުވަގުތު ދަތުރު ކެންސަލްކޮށްފައެވެ. ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ތިބި މީހުން ފުރުމަށް ހަމަޖެހިފައި އޮތީ ހަ ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ. ނަމަވެސް އެ މީހުންނަށް ވިސާ ހަމަޖެހިފައިނުވުމުގެ ސަބަބުން ނުފުރޭނެކަން އެންގީ އެ ރޭ ފަތިހު 5:51 ގައެވެ. ސަފާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ 181 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ބަލައި، ސަފާ ގްރޫޕް މެދުވެރިކޮށް މިއަހަރުގެ ރޯދަމަހު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައި ނުފުރުނު މީހުން އަތުން އިތުރަށް ފައިސާއެއް ނެގުމެއް ނެތި، ވީހާވެސް އަވަހަކަށް މި ރޯދަ މަސް ތެރޭގައި އުމްރާއަށް ފޮނުވުމަށް އެ ގުރޫޕަށް ވަނީ އަންގައިފައެވެ.
ސަފާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް "ވަން" އަށް މިއަދު ބުނީ މިހާރު އުމްރާވެރީން ތިބީ ސައުދީއަށް ދިޔުމަށް ފްލައިޓުގައި ކަމަށެވެ.
ނަސީމް ވިދާޅުވީ މީގެ ކުރިން ވިސާ ހަމަނުޖެހުނީ ބައެއްގެ އިހުމާލުން ކަމަށާއި އެއީ އެ ގުރޫޕުން ގަސްތުގައި ކުރިކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ވިސާ ހަމަޖެއްސުމަށްފަހު ނުފުރި ތިބި އެ ގުރޫޕުގެ ހުރިހާ އުމްރާވެރީން މިއަދު ސައުދީގެ ސަލާމް އެއާ ފްލައިޓެއްގައި ދަތުރަށް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ސަފާގެ އުމްރާ ކަލަންޑަރު ދައްކާގޮތުން މިއީ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދައަށް އުމްރާގެ އަޅުކަމަށް ދާ އުމްރާވެރީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު