ޓެކްނޮލޮޖީ

ގޫގުލްގެ ސާޗް އިންޖީނަށް އާރޓިފިސިއަލް އިންޓެލިޖެންސް އިތުރުކުރަނީ

އާދަމް ނަސީރު

ދުނިޔޭގެ އެންމެ މަޝްހޫރު ސާޗް އިންޖީނަށް އާޓިފިޝައަލް އިންޓަލިޖެންސް (އޭއައި) އިތުރު ކުރާނެ ކަމަށް ބުނެފިއެވެ. ގޫގުލްގެ ސީއީއޯ ސުންދަރު ވިދާޅުވީ ސާޗް އިންޖީނަށް އޭއައި އިތުރުކޮށް އާ ޕިޗާސްތައްވެސް ހިމަނާނެ ކަމަށެވެ. އެ ގޮތުން ދުނިޔޭ އެންމެ ބޮޑު އެއް ޓެކް ޖަޔަންޓް ކުންފުނިން ރާވާފައި ވަނީ ކޮންވާޝަނަލް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާސް ސާޗް އިންޖީނަށް އިތުރުކުރުމަށެވެ. ގޫގުލްގެ ސީއީއޯ ސުންދަރު އިތުރަށް ބުނީ ސާޗުގެ ތެރެއަށް އޭއައި ޗެޓްބޮޓް ތަކުގެ ޖާގަ ކުރިއަށް ވުރެ ބޮޑު ކުރާނެ ކަމަށެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިހާރު ޗެޓްޖީޕީޓީ އާއި އެކު ބިން ސާޗް އިންޖީނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅިގެން ގޫގުލް ސާޗް އިންޖީގެ މަގުބޫލުކަން ދަނީ ކުޑަ ވަމުންނެވެ. އެހެން ކަމުން ގޫގުލް ސާޗަށް ކުރިއެރުންތަކެއް ގެނެސް ގޫގުލްގެ ސާޗް ކުރެވޭ ތަފާތު ގޮތްތަކާއި އަދި އެ ސާޗްގެ ނަތީޖާ ތަކާއި ކުރާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލުކަން މިހާރަށް ވުރެ ބޮޑު ތަނުން އިތުރު ކުރާނެ ކަމަށް ބުނެއެވެ. އޭއައި ޓެކްނޮލޮޖީގެ މަގުބޫލުކަން ބޮޑުވަމުން އަންނައިރު ކުންފުނިން ދާދި ފަހުން ވަނީ އިތުރަށް އޭއައި ފުޅާކޮށް ސާޗަށް ބޮޑު ބަދަލެއް ގެނައުމާ ދިމާއަށް ދިއުމަށް ނިންމާފައެވެ.

ގޫގުލް ކުންފުނީގެ އޭއައި ފުރަތަމަ ޗެޓް ބޮޓް ބާޑް އޭއައި ފައްކާ ކުރަމުން އަންނަ އިރުު، ވޯކްސްޕޭސް އިން ވަނީ ޖީމެއިލް އާއި ގޫގުލް ޑޮކްސްގައި ވެސް އޭއައި ފީޗާސްތައް އިތުރުކޮށް އެކަން އިއުލާނުކޮށްފައެވެ. މީގެ އިތުރުންވެސް އާ ފީޗާސްތައް ގޫގުލްގެ އެކިއެކި އުފެއްދުންތަކަށް ތައާރަފު ކުރަން ވަނީ ފަށާފަ އެވެ.

ގޫގުލްގެ އުފެއްދުންތަކުގައި އާ އޭއައި ފީޗާސްތައް ހިމަނަމުން އައި ނަމަވެސް އެކަން އަދި އެހާ ބޮޑަށް ވައިގައި ހިފާ ގޮތެއް ނުވެއެވެ. ގޫގުލްގެ ހިދުމަތް ތަކުގެ ކެޕޭސިޓީ ވަރަށް ބޮޑަށް މައްޗަށް ޖެއްސި ނަމަވެސް ޗެޓްޖީޕީޓީ އަށް ލިބުނު އަޖައިބު ކުރުވަނިވި މަގުބޫލުކަމާ ގުޅިގެން ގޫގުލް އަށް އެޅުނު ހިޔަނި ވަނީ ވަރަށް ބޮޑުވެފައެވެ. ޗެޓްޖީޕީޓީއާ ވާދަ ކުރުމަށް އުފެއްދި ބާޑް މެދުވެރިކޮށް މިހާރު އެ ކުންފުންޏަށް ކްރިއޭޓިވް އަދި ކޯލަބަރޭޓިވް ޔޫސް ކޭސްތަކެއް ބެލެހެއްޓޭނެ ކަމަށް ގޫގުލް އިން ދެކެއެވެ. އެހެން ނަމަވެސް އަދިވެސް އިތުރަަށް ކުރިއެރުން ހޯދުމަށް ސާޗްގައި ޒަމާނީ އެލްއެލްއެމް ކެޕޭސިޓީ ފުރިހަމަކޮށް ރަނގަޅަށް މަސައްކަތް ކުރެވޭތޯ އަންނަނީ ބަލަމުންނެވެ.

އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ގޫގުލްގެ ސާޗް އިންޖީނު ބޭނުން ކުރާ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނެ ކަމަށް ގޫގުލް އިން ދެކެވެ.