Close
ޓެކްނޮލޮޖީ

އިޝްތިހާރު ނާރާ ޔޫޓިއުބް ޕްރީމިއަމް އަށް މާ ސާފު ވީޑިއޯ ކޮލިޓީއެއް

އާދަމް ނަސީރު

ޔޫޓިއުބުން ޕްރީމިއަމް ސަބްސްކްރައިބަރުންނަށް ސާފު، 1080ޕީ އެޗްޑީ ވީޑިއޯ އަބަދުވެސް ބެލޭގޮތަށް އާ ހިދުމަތެއް ތައާރަފުކޮށްފިއެވެ. އެހެން ނަމަވެސް މިވަގުތު މި ހިދުމަތް ލިބެނީ ހަމައެކަނި އައިފޯން ގެންގުޅޭ ފަރާތްތަކަށެވެ. މި ހިދުމަތް ވަރަށް އަވަހަށް ވެބް ސައިޓުން ޔޫޓިއުބް ބަލާފަރާތްތަކަށް ވެސް އަދި އެންޑުރޮއިޑް ފޯނު ގެންގުޅޭ ފަރާތްތަކަށްވެސް ލިބޭނެ ކަން ވަނީ އިއުލާން ކޮށްފައެވެ. ޔޫޓިއުބުން ބުނާ ގޮތުގައި އާ 1080ޕީ ޕްރީމިއަމް ހިދުމަތަކީ މަތީފެންވަރުގެ ވީޑިއޯ އުފައްދާ ފަރާތްތަކަށްވެސް ލިބިގެންދިޔަ އުއްމީދީ ހަބަރެކެވެ.

އެންޑްރޮއިޑް، ފޯނު ގެންގުޅޭ ފަރާތްތަކަށް އަދި މި ހިދުމަތް ނުލިބޭ އިރު އައިފޯން ނުވަތަ އައިއޯއެސް ގެންގުޅޭ ފަރާތްތަކަށް ފުރަތަމަ މި ހިދުމަތް ދޫކުރުމުން ވެސް ގިނަ ޝަކުވާ ތަކެއް އެބަ ހުއްޓެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް ބޭނުން ކުރަނީ އެންޑުރޮއިޑް ފޯނު ކަމަށްވާތީއެވެ. އައިފޯން ގެންގުޅޭ ފަރާތްތަކަށް މި ލިބުނު ޕްރީމިއަމް ފީޗާގެ ސަބަބުން އެފަރާތްތަކުގެ އަތުގައި ވާ އައިފޯންގެ ހާއްސަ ކަން ފެނިގެންދާ ކަމަށް ގިނަ ބަޔަކު ދެކެވެ. މިއީ ހާއްސަކޮށް ފޯނުން އެއްޗެއް ބަލާއިރު ވީހާވެސް ސާފުކޮށް އަދި އެންމެ މަތީ ފެންވަރުގެ ވީޑިއޯ އައިފޯންތަކުން ޔަގީންކަމާ އެކު ބެލޭކަން ހާމަކޮށްދިން ކަމެކެވެ. އެހެން ނަމަވެސް ޔޫޓިއުބް ވީޑިއޯ ތަކުގެ ފެންވަރު ގުޅިފައިވަނީ އިންޓަނެޓް ހަލުއިމިން އޭގައި ހިމެނޭ ގޮތަކަށެވެ.

ޓުވީޓާ އަދި އެ ނޫންވެސް ސޯޝަލް މީޑިއާ ޕުލެޓްފޯމްތަކުން ވިޔަފާރި ފުޅާ ކުރުމަށް އެކިއެކި ޕެކޭޖްތައް ވިއްކަމުން އަންނަ ދުވަސްވަރެއްގައިި ޔޫޓިއުބް އެކައުންޓް މެދުވެރިކޮށް 1080ޕީ ޕްރީމިއަމް ޕެކޭޖް ވިއްކަން ފެށުމުން ވިޔަފާރީގެ ވާހަކަތައްވެސް އެކި ގޮތް ގޮތަށް އަންނަނީ ދެކެވެމުންނެވެ. މި ޕެކޭޖް ގަތުމުން ޔޫޓިއުބްގައި ހުންނަ ގިނަ ވީޑިއޯ ތަކުގެ އެންމެ މަތީ އެންމެ ސާފު ވީޑިއޯތައް 1080ޕީ އަށްވުރެ މަތީ ރިޒޮލިއުޝަންތަކުގައި އަޕްލޯޑް ކުރެވޭނެ ކަމަށާއި އަދި ވީޑިއޯތައް ބެލުމާއި ލައިވްސްޓްރީމް ކުރުމުގައިވެސް މި ޕެކޭޖާއެކު ހާއްސަ ފީޗާސްތައް ލިބޭނެއެވެ.

ޔޫޓިއުބް ޕްރީމިއަމް ނެތް ނަމަވެސް، ޔޫޓިއުބްގެ ހިދުމަތް ހިލޭ ވެސް ބޭނުން ކުރެވޭނެއެވެ. އެހެން ނަމަވެސް އަގު ދީގެން ބޭނުން ކުރާ ހިދުމަތުގެ ފެންވަރު މަތިވާނެ ކަމަށާއި 1080ޕީ ސާފު ވީޑިއޯތައް ބެލުމާއި ލައިވް ސްޓްރީމް ކުރުމުން އެ ވީޑިއޯތައް ގިނަ މީހުންނަށް ކަމުދާނެ ކަމަށް އޮންލައިން ކުލާސްތައް ހިންގާ ފަރާތްތަކުން ދެކެއެވެ. ކައިރި ކުރިމަގެއްގައި ޔޫޓިއުބުގެ މި ޕްރީމިއަމް ހިދުމަތަށް އާ ފީޗާސްތައް އިތުރުކުރާ ވާހަކަތައްވެސް ވަނީ އިއުލާނުކޮށްފައެވެ.

އަހަރަކަށް 119 ޑޮލަރު ދައްކަން ޖެހޭ މި ހިދުމަތަށް މަހުން މަހަށްވެސް ވެސް ފައިސާ ދެއްކޭނެއެވެ.