ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އާ މިއަދު ހަވާލުކޮށްފައެވެ.
އެކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން ވަނީ މީގެ ކުރިންވެސް އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެމްބިއުލާންސް ގެނެސްފައެވެ. އެ ފަހަރު ގެނައީ 96 އެމްބިއުލާންސެވެ. އެ އެމްބިއުލާންސްތައް މިހާރު ދަނީ ރަށްރަށުގައި ބޭނުންކުރަމުންނެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި