ސެމިލީސް ރެސްޓޯރަންޓުން ރޯދަވީއްލުން ތައްޔާރުކޮށް ޓޭކްއަވޭ އަދި ގެއަށް ޑެލިވަރީކުރުމުގެ ހިދުމަތް ފަށައިފި އެވެ.
ތަފާތު އެކި ރަހަތަކާއެކު މި ރޯދައަށް ސެމިލީސް އިން އެކުލަވާލާފައިވަނީ ކަސްޓަމަރުން އެންމެ ގަޔާވާނެ ރަހަތަށް ހިމަނައިގެންނެވެ. ސެމިލީސްގެ މާލެ އަދި ހުޅުމާލޭގެ އައުޓްލެޓުންވެސް ޑެލިވަރީ އާއި ޑައިން އިން ރޯދަވީއްލުމުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިރު ޑައިން އިން މެނޫގައި އިންޑިއަން ކެއުން، ދިވެހިރަހަތަކުގެ ކެއުން އަދި ބިރިޔާނި އާއި ގްރިލްޑް ޗިކަން އަށް ހާއްސަ އިހްތިޔާރުތަކެއްވެސް ވަނީ ހިމަނާފަ އެވެ.
އަދި ކުޑަކުދިންގެ ރޯދަވީއްލުމަށް ތަފާތު މެނޫތަކެއް ހަދާފައިވާއިރު އެ މެނޫގައިވެސް ތަފާތު ތިން އިހްތިޔާރެއް ވަނީ ހިމަނާފައެވެ. ބޮޑެތި މީހުންގެ ރޯދަ ވީއްލުމުގެ އަގު އެކި ޕެކޭޖުތަކަށް ތަފާތެވެ. އަގުތައް އުޅެނީ މީހަކަށް 244ރ އިން ފެށިގެން 268ރ އާ ދެމެދު އެވެ. އަދި ކުޑަކުދިންގެ ރޯދަ ވީއްލުމުގެ އަގަކީ ކުއްޖަކަށް 206ރ އެވެ. މީގެ އިތުރުން 10 މީހުންގެ ގްރޫޕް އަކުން ރޯދަވީއްލުމަކަށް ދާނަމަ އެކެއްގެ ރޯދަވީއްލުން ހިލޭ ލިބޭނެ އެވެ.
ސެމިލީސް ޓޭކްއަވޭ އަދި ޑެލިވަރީ މެނޫވެސް ވަރަށް ތަފާތެވެ. ސޭންޑްވިޗް ޝެއަރިން މީލް، ބާގާ ޝެެއަރިން މީލް، ފުލް ޗިކަން، ބަޓާ ޗިކަން އަދި ތަންދޫރި ޝެއަރިން މީލްތައް ހިމަނާފައިވާއިރު މިކްސް އިފްތާރް މެނޫއާއި ހެދިކާ ޕެކްތަކެއްވެސް ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން ކޮންމެ މީލްއެއްގެ އެޑްއޮންސްގެ ގޮތުގައި ޑަމްޕްލިންވެސް އޯޑަރުކޮށްލެވޭނެ އެވެ. ސެމިލީސް އަކީ މި ރޯދަމަހު އާއިލާއާ އަދި އެކުވެރިންނާއެކު ރޯދަވީއްލުމަކަށް އިންސާފުކޮށްލަން ވަރަށް ސަޅި ޗޮއިސް އެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު