އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރުކޮށްފިއެވެ.
ޓްރަމްޕް، 76، ހައްޔަރުކުރީ އޭނާގެ މައްޗަށް ކުރާ ދައުވާ ނުވަތަ ދައުވާތައް އިއްވުމުގެ އަޑުއެހުމަށް ނިއު ޔޯކް ސިޓީގެ މެންހެޓެންގެ ކޯޓަށް އިއްޔެ ހާޒިރުވުމަށްފަހު އަމާންދެއްވުމާ އެކުއެވެ. ޓްރަމްޕަކީ ޖިނާއީ ދައުވާއެއް ކުރި އެމެރިކާގެ ފުރަތަމަ ރައީސެވެ.
ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލީ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާއެކު އޮތް ގުޅުން ސިއްރުކުރަން އޭނާއަށް 130،000 ޑޮލަރު ދެއްވި މައްސަލައަކާ ގުޅިގެންނެވެ. އެކަން ހިނގީ ޓްރަމްޕް ހިލަރީ ކްލިންޓަން ބަލިކުރައްވައި ވެރިކަމަށް ވަޑައިގެންނެވި 2016ގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ޓްރަމްޕުގެ ޝަރީއަތް ސިއްރުކުރުމަށް އޭނާ ލޯޔަރުން ވަނީ އެދިފައެވެ.
ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓްރަމްޕުގެ މަގްޝޮޓް ފޮޓޯއެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. މަގްސޮޓަކީ ހައްޔަރުކުރާ މީހުންގެ އިސްކޮޅުގެ މައުލޫމާތު ބެކްގްރައުންޑުން ފެންނަ ގޮތަށް ފުލުހުން ނަގާ ފޮޓޯއެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ