ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާންމު ޖަލްސާއަށް ރެކޯޑު ނަގާނެ މުއްދަތު ކަނޑައަޅައިފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ އަހަރީ އާންމު ޖަލްސާއަށް ރެކޯޑު ނަގާނީ މިމަހުގެ 24 އާ ހަމައަށް ކަމަށެވެ. ނަމަވެސް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އެ ކުންފުނިން އަދި އިއުލާންކޮށްފައެއް ނުވެއެވެ.
އެ ކުންފުނިން ވަނީ މިމަހުގެ އެއްވަނަ ދުވަހު ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް، ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.
އެސްޓީއޯއިން ބުނެފައިވަނީ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓުތައް ފުރިހަމަކުރުމަށްފަހު ފޮނުވަން ޖެހޭނީ [email protected] އަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައި ހަދާފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ. ފޯމު ފޮނުވުމުގެ ސުންގަޑިއަކީ 24 އޭޕްރީލް 2023ގެ ހެނދުނު 10:00 އެވެ.
އެ މަގާމަށް އަންހެނުން ކުރިމަތިލުމަށްވެސް އެސްޓީއޯއިން ކުރި އިއުލާނުގައި ބާރު އަޅާފައިވެއެވެ.
އެސްޓީއޯގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން ނޮމިނޭޓްކޮށްދިނުމަށް އެދި ޕީސީބީއަށްވެސް މިއަދު ވަނީ ނޯޓިސް ފޮނުވައިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި