ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތައް ފޮނުވާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުން އިއްޔެ ބުނީ، އެފަދަ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ އެ މެސެޖުތަކުގައިވާ ލިންކަށް ނުފިއްތުމަށް ފުލުހުން އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ އެފަދަ މައްސަލަތައް އެ ސާވިސްގެ އޮންލައިން ޕޯޓަލް police.gov.mv/crimereport މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައިގެން ރިޕޯޓް ކުރުން އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު