އުރީދޫ މޯލްޑިވްސް އިން "ރޯދަ ކުއިޒް"ގެ ނަމުގައި ރޯދައަށް ހާއްސަ ކުއިޒެއް ފަށައިފިއެވެ.

އުރީދޫއާއި ޕީސް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ މި ކުއިޒް ކުރިއަށް ގެންދާނީ ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައެެވެ. ކުއިޒްގެ ސުވާލުތައް ގެނެސްދޭނީ އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައެވެ.

މި ކުއިޒްގެ ސުވާލުތަކުގެ ޖަވާބު ދިމާ ކޮށްގެން އަގުހުރި އެތައް އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

އެގޮތުން ކޮންމެ ހަފުތާއަކު ރަނގަޅު ޖަވާބު ދިމާކުރާ މީހުންގެ ތެރެއިން ނަސީބުވެރި އެކަކަށް ސެމްސަންގް ގެލެކްސީ ފިޓް 2، ގަޑިއެއް ދޭން ނިންމާފައިވާއިރު، ކުއިޒްގެ އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރާ މީހަކަށް ބޮޑު އިނާމެއްގެ ގޮތުގައި ދޭން ނިންމާފައިވަނީ އައިފޯން 14 ޕްރޯއެކެވެ.