މިއަދަކީ ރޯދަމަހުގެ ނުވަ ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް އުޅެނީ ދާދި އެއްވަރެއްގައެވެ.
މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރީ މާނިޔަ މަހެވެ. އެގޮތުން ހެޔޮވަރުގެ މާނިޔަ މަހެއް 50 ރުފިޔާއަށް ލިބެން ހުރި އިރު، ބޮޑު މާނިޔަ މަހެއް 100 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
މަސް މާރުކޭޓުގެ އަގުތައް:
- ކަނޑުމަސް: 25-28 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
- ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 50-100 ރުފިޔާއަށް މަހެއް
- ހަންޖެއް: 75-450 ރުފިޔާއަށް
- މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރަތް މަސް: 80 ރުފިޔާ ކިލޯއެއް
- ރެހި ޖޯޑެއް: ދިހަ ރުފިޔާ
- މެދު ސައިޒުގެ ފިލޮޅެއް: 70 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 60 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 40 ރުފިޔާއަށް