އޭއައި ފީޗާސްތައް މިހާރު އެންމެ ފުރިހަމައަށް ބޭނުން ކުރަނީ މައިކްރޯސޮފްޓްގެ ހިދުމަތް ތަކުގައެވެ. ޗެޓްގީޕީޓީގެ ބޮޑު ބަދަލާއެކު ބިންގް ވެބްސައިޓްގެ މަޝަހޫރުކަން ވަނީ ދެގުނަ ކޮށްފައެވެ. އެއާއި އެކު އައުޓްލުކް އީމެއިލްގެ މަގުބޫލުކަންވެސް އަންނަނީ ބޮޑުވަމުންނެވެ. މި ހުރިހާ ކަމެއްގެ ގެއްލުން ލިބޭ ފަރާތަކީ މަޝަހޫރު ގޫގުލްއެވެ. އެހެން ކަމުން ގޫގުލް އިން ވަނީ ގޫގުލް ޑޮކްސް، ޖީމެއިލް، ޝީޓްސް، އަދި ސްލައިޑްސް ފަދަ އެކި ވޯކްސްޕޭސް އެޕްތަކަށް އޭއައި ފީޗާސްތައް އިތުރު ކުރާނެކަން އިއުލާނުކޮށްފަ އެވެ. މި ފީޗާތަކުގެ ތެރޭގައި ގޫގުލް ޑޮކްސްގައި އޭއައި އާއި އެކު ލިޔުންތައް އުފެއްދުމާއި، ހުލާސާކުރުމާއި، ބްރޭންސްޓޯމް ކުރުމުގެ އާ ގޮތްތައް ހިމެނުމަށް ވަނީ ނިންމާފައެވެ.
މިހާރު މަޝަހޫރު ވެފައިވާ އާ އޭއައި ރޭހުގައި ވާދަވެރިންނާ އެއްވަރަށް ކުރިއަށް ދިއުމަށް ގޫގުލް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ އަހަރު ޗެޓްޖީޕީޓީ އައުމާއި އަދި އޭގެ ބޭނުން ކޮށްގެން މި ފެބްރުއަރީ މަހު މައިކްރޮސޮފްޓުން ޗެޓްބޮޓްގެ ހިދުމަތް ބިންގް ވެބްސައިޓައް ތައާރަފުކުރި ފަހުން މަޝަހޫރު ސާޗް ޖަޔަންޓް ގޫގުލްއަށް އަންނަނީ މިފަދަ އޭއައި ފީޗާސްތައް ތައާރަފު ކުރުމަށް އުނދަގޫތަކެއް ކުރިމަތިވެ ވިޔަފާރިއަށް ގެއްލުން ވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޑިސެމްބަރު މަހު އެ ކުންފުނިން "ކޯޑް ރެޑް" އެއް އިއުލާން ކުރިއިރު، ސީނިއާ މެނޭޖްމަންޓުން މުވައްޒަފުންނަށް އެންގީ ބިލިއަން މީހުން ބޭނުންކުރާ ހުރިހާ ގޫގުލްގެ އުފެއްދުންތަކަށް އޭއައި ޓޫލްސް އިތުރު ކުރުމަށް އިތުރު ހިތްވަރެއް ލުމަށެވެ.
އެ ކުންފުނިން އާ ފީޗާތަކެއް އިއުލާނު ކޮށް އޭގެ ތެރެއިން ފުރަތަމަ އޭއައި ފީޗާސް ކަމަށްވާ ޑޮކްސް އަދި ޖީމެއިލްގައި ހުންނަ އޭއައި ރައިޓިން ޓޫލްސް - އެމެރިކާގައި ތިބި "އިތުބާރު ކުރެވޭ މައްސަލަތައް ޓެސްޓް ކޮށްދޭ" ގްރޫޕަކަށް މި މަހު ލިބޭނެ އެވެ. މިއީ ވެސް ގޫގުލް އިން ޗެޓްޖީޕީޓީގެ ވާދަވެރި ބާޑްއަށް ލިބޭނެ ކަމަށް އިއުލާން ކުރި ގޫގުލްގެ ހިދުމަތެކެވެ. މި ފީޗާސްތަކާއި އެހެނިހެން ފީޗާތައް ދެން އާންމުންނަށް ލިބޭ ވަރުވާނީ މިއަހަރު ފަހުކޮޅުގައެވެ. އާ ހުރިހާ ފީޗާތަކުގެ ތެރެއިން ޑޮކްސް އާއި ޖީމެއިލްގައި ހިމެނޭ އޭއައި ރައިޓިން އަދި ބްރޭންސްޓޯމިން ޓޫލްސް ބޭނުންތެރި ކަމަށް ފެނެ އެވެ.
"ކަސްޓަމައިޒްޑް ޖޮބް ޑިސްކްރިޕްޝަންތައް އުފައްދަން ޖެހޭ އެޗްއާރު މުވައްޒަފުންނާއި އެހެން މީހުންވެސް އަދި އުފަންދުވަހުގެ ޕާޓީތަކަށް ދައުވަތު ޑްރާފްޓް ކުރާ ބެލެނިވެރިއެއް ކަމުގައިވިޔަސް ވޯކްސްޕޭސްގެ ތެރެއިން އެކަންކަން ދެން އުނދަގުލެއް ނެތި ކޮށްލެވޭނެ." މި ބޭނުންތެރި އަދި އުފެއްދުންތެރި ހިދުމަތާ ބެހޭގޮތުން ގޫގުލް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މި ހުރިހާ ވާހަކަތަކެއް ދެކެވެމުން އަންނަ އިރުވެސް އެ ހިދުމަތްތައް ބޭނުންކުރާ މީހުންނާ ހަމަޔަށް ގެނެސްދިނުމަށް އަދިވެސް ލަސްތަކެއް އެބަހުއްޓެވެ.
އީމެއިލްވެސް ލިޔަން ބޭނުންވާ މައުޟޫއެއް ޖަހާލުމުން ވަގުތުން އެ އީމެއިލްގެ ޑްރާފްޓެއް ލިޔެދޭނެއެވެ. އެހެން ކަމުން ކުދި ކުދި ބަދަލުތައް ގެނެސް އީމެއިލް ބޭނުންވާ މީހުންނަށް ފޮނުވާލުމަށް މާގިނަ އެއްޗެއް އަތުން ލިޔާކަށް ދެން ނުޖެހޭނެއެވެ.
އާރޓިފިސިއަލް އިންޓެލިޖެންސް މިހާ ބޮޑަށް ވައިގައި ހިފައިގެން މި އުޅެނީ މިދެންނެވި ފަސޭހަކަން ލިބޭތީއެވެ. ކުރިން ޓައިޕްކުރާ އީމެއިލްތަކާއި އެގްރީމެންޓްތައް އަދި މިނޫންވެސް އެތައް ކަމެއް ކުރަން ވަރަށް ގިނަ ވަގުތު ހޭދަވެއެވެ. އެހެން ނަމަވެސް މި ގެނެވޭ ބަދަލާއެކު ޖީމެއިލްގައި ސުރުހީ އަޅައިލުމުން އީމެއިލް ލިޔެދޭނެއެވެ. މިވަރުން މި ވާން އުޅޭގޮތް ސާފުވެއްޖެކަމަށް އުއްމީދު ކުރަމެވެ.