ރޯދަމަހަކީ އަހަރުގެ އެހެން މަސްތަކާ ހިލާފަށް ކޮންމެ ގެއެއްގައިވެސް ސުފުރާމަތި ތިޔާގި މަހެކެވެ. ހާއްސަކޮށް ތަފާތު ވައްތަރުގެ، ތަފާތު ރަހަތަކުގެ ކާއެއްޗެހި ތައްޔާރުކުރުމަކީ ދިވެހިން ފޯރި ހުންނަ ކަމެކެވެ.
އެގޮތުން ރޯދަ ވީއްލުމަށާއި ތަރާވީސް ދަމަށް އަދި ހާރަށް ހާއްސަކޮށްގެން އެކި ކަހަލަ އެއްޗެހި ތައްޔާރު ކުރެއެވެ. މިގޮތަށް ތައްޔާރުކުރާ ކާތަކެއްޗަކީ ސިއްހަތަށް ފައިދާހުރި، ކޮލިޓީ ރަނގަޅު ތަކެއްޗަށް ހެދުމަކީވެސް މިހާރުގެ ދިވެހީން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ. ރޭގަނޑު ކާ އެއްޗެއްގެ ސަބަބުން ދުވާލުގެ ރޯދައަށް އަސަރު ނުކުރާނޭ ފަދަ ކެއިންބުއިން ބޭނުންކުރުމަކީވެސް ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.
މި ހުރިހާ ކަމަކަށް އެހީތެރިވުމުގެ ގޮތުން "ވަން" އިން މިވަނީ މި އަހަރުގެ ރޯދަމަހުވެސް "ކޮކާކޯލާ ވަން ކިޗަން" ގެނެސްދޭން ފަށައިފައެވެ. ތަފާތު ރަހަތަކުގެ ރެސިޕީތައް ތައްޔާރުކުރާނެ ގޮތް ގެނެސްދޭ މި ޕްރޮގްރާމަކީ ކޮކާ ކޯލާ ކޮމްޕެނީ އާއި ވަން އޮންލައިން ގުޅިގެން ގެނެސްދޭ ޕްރޮގްރާމެކެވެ. ކޯ ސްޕޮންސާއަކީ ގޯމޭ ރެސްޓޯރެންޓެވެ.
ވަން ކިޗަންގައި ތައްޔާރުކުރާ ތަކެއްޗަކީ ރޯދަމަހަށް ހާއްސަ، ރަހަ ހެޔޮވަރު، ސިއްހީ ގޮތުންވެސް ރަނގަޅު އުފެއްދުންތަކެވެ. މި ތަކެތި ތައްޔާރުކުރުމުގައި ދިވެހީންގެ ރޯދަމަހުގެ ކެއިންބުއިމުގެ އާދަކާދައަށް ބަލާފައިވާނެއެވެ. ސިއްހީ ދުޅަހެޔޮކަމަށް އިސްކަން ދީފައިވާނެއެވެ.
"ކޮކާކޯލާ ވަން ކިޗަން" ޕްރޮގްރާމްގެ ދަށުން ކޮންމެ ދުވަހަކުވެސް ހާއްސަ ރެސިޕީއެއް، ގޯމާ ރެސްޓޯރެންޓްގެ ހުނަރުވެރި ޝެފުން ގެނެސްދޭނެއެވެ. އެގޮތުން މިހާތަނަށް ފަސް އެޕިސޯޑެއް ވަނީ ގެނެސްދީފައެވެ.
މި އެޕިސޯޑުތައް "ވަން" އޮންލައިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި ޔޫޓިއުބް ޗެނަލުން ފެންނާނެއެވެ.