އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ކުރާ ވިޔަފާރިތަކުގެ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް އެމެކްސް ޑެބިޓް އަދި އެމެކްސް ކްރެޑިޓް ކާޑުގެ ކަސްޓަމަރުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ގުރުއަތުގައި ބައިވެރިކުރާނެ ކަމަށެވެ.
"މި ގޮތުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް އެ ކަސްޓަމަރުން ކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެ،" ބީއެމްއެލުން ބުންޏެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ނިޔަލަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ކަސްޓަމަރުންގެ ގޮތުގައި 325،000 އަށްވުރެ ގިނަ މީހުން ތިބި އިރު، އެ ބޭންކަކީ 7،900 އަށްވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.
މީގެ އިތުރުން ބީއެމްއެލްއަކީ އެމެކްސް ކާޑު ދޫކޮށް، އެ ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި