މި އަހަރު ފެށުނުއިރު، މަސް މާރުކޭޓުގައި މަހުގެ ބާވަތްތައް މަދު ނަމަވެސް މިއަދު މަސް މާރުކޭޓުގައި ކަނޑުމަހާއި ފަރުމަހުގެ އެކި ބާވަތްތައް ތިޔާގިވެއްޖެއެވެ.
މާރުކޭޓުގައި މިއަދު ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ. ކަންނެލި ކިލޯއެއް 25-30 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
"މަސް އެބަ ލިބޭ ވަރަށް ގިނައިން. ރޭގެ މަސްވެސް މިއަދު ގެނައި މަސްކޮޅެއްވެސް އެބަހުރި،" މަސްމާރުކޭޓުގައި މަސް ވިއްކަން ހުރި މީހަކު ބުންޏެވެ.
- ކަނޑުމަސް: 30 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 25- 30 ރުފިޔާއަށް ކިލޯއެއް
- ގޮދާ: 35 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 70 ރުފިޔާއަށް މަހެއް
- ހަނދި: 100-150 ރުފިޔާއަށް
- މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރަތް މަސް: 75-85 ކިލޯ
- މެދު ސައިޒުގެ ފިލޮޅެއް: 50 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 50 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 50 ރުފިޔާއަށް
- ބޯވައެއް: 150 ރުފިޔާއަށް
ޚަބަރު
ޚަބަރު
ޚަބަރު