އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ދަނޑުވެރިންނަށް މުޅިން އަލަށް "ކްރޮޕް ތަކާފުލް" ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.
އަޔާދީ ތަކާފުލް އިން ބުނީ "ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އެކަމުގައި އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން އުފެއްދި ޕްރޮޑަކްޓެއް ކަމަށެވެ.
އޮންލައިންކޮށް ވަގުތުން އެ ހިދުމަތް ނެގެން ހުންނައިރު އެ ހިދުމަތުގެ ކަވަރޭޖް ހަމަޖެހިފައިވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށެވެ.
"ކްރޮޕް ތަކާފުލް ނަގާފައިވާ ދަނޑުވެރިއަކަށް ޕްލޭންގެ މުއްދަތުގައި މިފަދަ ގެއްލުމަކާއި ކުރިމަތިވެއްޖެ ނަމަ، ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓާ އެކު ފޮޓޯ ހުށަހެޅުމުން ބަދަލު ހަމަޖެހިގެންދާނެ. ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާވެސް ހިމެނޭ ގޮތަށް،" އަޔާދީ ތަކާފުލް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ، "ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އާމްދަނީއަށް ކުރާ އަސަރު ކުޑަކޮށް ކޮލިޓީ އޮފް ލައިފް އިތުރުކޮށްދޭނެ ހިދުމަތަކަށްވެސް ވާނެ ކަމަށެވެ.
"ކޮރްޕް ތަކާފުލް" ހިދުމަތުގެ އަގުގެ މައުލޫމާތު އެލައިޑް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި