ދިވެހިންގެ ތެރޭގައި މަގުބޫލު ރެސްޓޯރެންޓް، ދަ ޝެފް މޯޑް ބަދިގޭގެ މާހެފުމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
"މާވަށި"ގެ ނަމުގައި ދަ ޝެފް މޯޑް ބަދިގެ އިން ތައާރަފުކުރި މާހެފުން ޕެކްތަކަކީ މި އަހަރުގެ އެންމެ ސަޅި މާހެފުން ޕެކްތަކެވެ. އެގޮތުން އެ ރެސްޓޯރެންޓުން އެއް ޕެކުން ފެށިގެން 15 ޕެކާ ހަމައަށް ޕެކޭޖްތައް ހެދިއެވެ.
ކޮންމެ ޕެކެއްގައި 15 ވައްތަރެއްގެ ކެއުމާއި ދެ ވައްތަރުގެ ކުޅި އަދި ފޮނި ހެދިކާ ހިމަނާފައިވެއެވެ. އަދި ބޯ އެއްޗެހީގެ ގޮތުގައި ކަރާފަނި ނުވަތަ ސޫޖީ ލިބޭއިރު އެޑްއޮންގެ ގޮތުގައި ބާބަކިއު ސޮސެޖް، ހަނާކުރި ކުކުޅު އަދި ކުރުނބާ ފެނި ހިމެނިއެވެ.
ޝެފް މޯޑް "ވަން" އަށް ވިދާޅުވީ، އެ ރެސްޓޯރެންޓުން ތައާރަފުކުރި މާހެފުން ޕެކްތަކަކީ އެންމެ ގިނަ ވެރައިޓީ ހިމަނައިގެން ހެދި އަދި އެންމެ އަގުހެޔޮ ޕެކްތައް ކަމަށެވެ.
އެގޮތުން އެއް ޕެކްގެ އަގަކީ 110 ރުފިޔާއެވެ. 5 މީހުންގެ ޕެކެއް 499 ރުފިޔާއަށް، 10 މީހުންގެ ޕެކެއް 999 ރުފިޔާއަށް އަދި 15 މީހުންގެ ޕެކެއްގެ އަގަކީ 1499 ރުފިޔާއެވެ.
ޝެފް މޯޑް ވިދާޅުވީ، އެ ރެސްޓޯރެންޓްގެ ޕެކްތަކަށް ލިބުނު ތަރުހީބު ބޮޑު ކަމަށާއި އެގޮތުން ކޮންމެ ދުވަހެއްވެސް ދިޔައީ ފުލްކޮށް ކަމަށެވެ. ހާއްސަކޮށް ބޮޑެތި އޮފީސްތަކުން ލިބުނު ތަރުހީބު އޭނާ ފާހަގަކުރެއްވިއެވެ.
ދަ ޝެފް މޯޑް ބަދިގެއިން ދަނީ ރޯދަމަހަށް ހާއްސަ މެނޫއެއްވެސް ނެރެން ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު