މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުގެ ރޯދަ އިނާޔާތުގެ ގޮތުގައި އިތުރަށް 2،000 ރުފިޔާ ދޭން ނިންމައިފިއެވެ.
އެމްޕީއޭލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުންގެންދާ ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭ 3000 ރުފިޔާގެ އިތުރަށް "ރޯދަ ހަދިޔާ" ގެ ގޮތުގައި އިތުރު 2000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލުން ބުނީ މުވައްޒަފުންނަށް ދޭ އިނާޔަތުގެ އިތުރަށް 2000 ރުފިޔާ ދޭން އެ ކުންފުނިން ނިންމީ ބަނދަރުގައި މަސައްކަތް ކުރާ ގިނަ މުވައްޒިފުންނަކީ ރޯދަ މަހުވެސް ގިނަ ވަގުތުގައި މަސައްކަތުގައި އުޅެން ޖެހޭ ބަޔަކަށްވާތީ އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
މީގެއިތުރުން، ރޯދަ މަހަކީ އާންމު މިންވަރަށްވުރެ އިތުރަށް މުދާ އެތެކުރާ މަހަކަށްވާއިރު، އެ ކުންފުނީގެ އޮޕަރޭޝަންސްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އެ ކުންފުނީގެ މުވައްޒަފުންކަން އެމްޕީއެލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ގާނޫނުގައިވާ ގޮތުން ރޯދަ މަހު މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެއެވެ. އަދި ރޯދަ މަސް ފެށުމުގެ ކުުރިން ރޯދަ އިނާޔަތް ދޭން ޖެހޭނެއެވެ. މިއަހަރު މުލަ ރޯދަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު