މާލެއިން ގެއްލިގެން މިއަދު ހޯދަން އިއުލާން ކުރި މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ކ.މާލެ، ހ.ކޯލީފްލާވާ، އަހުމަދު ނާޝިދު(46އ) އެވެ.
ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ނާޝިދު ފެނިފައިވަނީ މާލެއިން ކަމަށެވެ. ނަޝީދު ފެނިފައިވަނީ މެންދުރު 2:50 ކަންހާއިރުކަމަށްވެސް ބުންޏެވެ.
ނާޝިދު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ނާޝިދު ގެެއްލިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.