މާރާމާރީއެއްގެ މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ މީހަކު ފޮރުވި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަން އިއުލާންކޮށްފައިވާ މީހަކު ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ރޭ މާލޭ ސަރަހައްދުން ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި ފަސް މީހުންނަކީ ދިވެހި ފިރިހެނުން ކަމަށާއި އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.
މާރާމާރީގެ މައްސަލައިގައި ހޯދަން އިއުލާންކޮށްފައިވަނީ ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމެވެ.
ފުލުހުން ބުނީ ފައިހް ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި އޭނާ ފޮރުވައިގެން ގެންގުޅުނު ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.