ޚަބަރު

ރައީސް ސޯލިހު މެރިން އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މެރިން އެކްސްޕޯ 2023 އަށް ޒިޔާރަތް ކުރައްވައިފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މެރިން އެކްސްޕޯއަށް ރައީސް ޒިޔާރަތްކުރެއްވީ މިއަދު ހަވީރެވެ. ރައީސް ވަނީ އެ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ހިދުމަތްތައް އޮޅުން ފިލުއްވައިފައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ އަށްވަނަ އެޑިޝަން މިދިޔަ ބުދަ ދުވަހު ފެށި އިރު، މި އެކްސްޕޯ މިރޭގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ގައުމީ ބޯޓިން ޖަމިއްޔާ ބޯޓިން އެސޯސިއޭޝަން (އެންބީއެމް) ގެ ރަސްމީ ފެއާއަށް މިއަހަރު މުޅިން އާ ތިން ބައެއް ވަނީ އިތުރުކޮށްފައެވެ.

އެގޮތުން އިތުރު ކުރީ ދިވެހިން އުފައްދާ ބީޗް ވެއާ ދައްކާލާ ފެޝަން ރަންވޭއެކެވެ. ދެވަނައަށް އިތުރުކުރި ބަޔަކީ ގޯލްޑެން ވޭވްސްގެ ނަމުގައި ސްޕޮންސަރުންނަށް ހާއްސަކޮށް ބާއްވާ ހާއްސަ މެންދުރުގެ ކެއުމެކެވެ.

ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އޯނަރުންނާއި ޓޮޕް އެގްޒެކެޓިވްއާ ބައްދަލުވާން ލިބޭ މި އިވެންޓުގައި ފެއާގެ މެއިން ސްޕޮންސަރު، އެމްޓީސީސީ އަދި ކޯ-ސްޕޮންސަރު ގަލްފް ކްރާފްޓުން އެ ކުންފުނިތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް މި ފެއާގެ ތެރެއިން ވަނީ ދީފައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މިއަހަރުގެ އެކްސްޕޯގައި 100 އަށް ވުރެ ގިނަ ކުންފުނިން ބައިވެރިވެއެވެ.

މި އަހަރުގެ ފެއާގެ އެއް މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.